-Advertisement-

-Advertisement-

‎މާފުށި ޖަލުގައި ގައިދީން ތަކެއް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަނީ

ފޮޓޯ: ކަރެކްޝަންސް

މާފުށި ޖަލުގެ ޔުނިޓް 10ގައި ތިބި ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑްޑިޓައިނީސް ވޮޗް އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްްގައި ވަނީ ގައިދީންގެ އާއިލާއިން ތުހުމަތު ކުރާގޮތުގައި މި ހަޅުތާލު ފެށިފައި ވަނީ މާފުށި ޖަލު ޔުނިޓް 10ގެ ފަސް ގައިދީއަކާއިމެދު ކަރެކްޝަނަލް ސާވިސް އިން ގެންގުޅެމުންދާ ތަފާތުކުރުންތަކެއްގެ ސަބަބުންނެވެ

މީގެ އިތުރުން އެހެން ގައިދީން ގޮޅިން ބޭރަށް ނެރޭ ގޮތަށް، މި ގައިދީންނަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ގޮޅިން ބޭރަށް ނުނެރުމާއި، އަދި އުސޫލުތަކާއިހިލާފަށް އެކަހެރި ވަކިވަކި ގޮޅިތަކެއްގައި މި ގައިދީން ދިގު މުއްދަތަކަށް ބަންދުކޮށްފައި ބައިތިއްބާފައިވާ ކަމަށްވެސް ވެއެވެ..

އަދި ހުކުމްގައި ތިބޭ އެހެން ގައިދީންނަށްވެސް ލިބިދޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަރު މި ގައިދީންނަށް ނުދޭކަންވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ގައިދީން ބަނޑުހައި ހޫނު ކަމުގެ ހަޅުތާޅު ކުރަމުން ދަނީ ހައްގު ހޯދުމަށް ކަމަށާއި މިކަމަށް މިއަދަށް 3 ދުވަސް ވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ގައިދީންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-