-Advertisement-

-Advertisement-

‎ކޮވިޑް ފެތުރޭތީ މެލޭޝިއާ، ތައިލޭންޑް ފަދަ ގައުމުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ

އަނެއްކާ ވެސް ކޮވިޑް-19 އިތުރުވަމުން އަންނާތީ މެލޭޝިއާ، ތައިލޭންޑް ފަދަ ގައުމުތަކުގައި ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެގައުމުތަކުން ފިޔަވަޅުތައް އަޅަން ފަަށާފައިވަނީ ކޮވިޑު އިތުރުވެފައިވާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީއާއިދިމާކޮށް އެގައުމުތަކަށް އެތެރެވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މެލޭޝިއާއިން ވަނީ ކުރިއާލާ ރައްކާތެރިވުމުގެ ގޮތުން ވަނީއެލާޓް ސިސްޓަމްޖައްސާފައެވެ. މިކަން އެގައުމުން ކުރަމުން އަންނަނީ ބަލި ޖެހޭ މީހުންނާއިމަރުވާ މީހުންގެ އިތުރުން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އިންސައްތައަށް ބެލުމަށްފަހުއެވެ.

މެލޭޝިއާގެ އިތުރުން ވެސް ސިންގަޕޫރު، ތައިލޭންޑް އަދި އިންޑޮނޭޝިއާއިން ވެސް ވަނީ އާންމުން މާސްކު އެޅުމަށް އިލްތިމާސްކޮށް، ކޮވިޑުގެ ވެކްސިންފުރިހަމަ ކުރުމަށް ބަޔާންތައް ނެރެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-