-Advertisement-

-Advertisement-

އިސްލާމީ މަރުކަޒުގައި 98 އިންޗީގެ ޓީވީ ހަރު ކުރަނީ

ފޮޓޯ: އެރައިވަލް ގައިޑްސް

އިސްލާމީ މަރުކަޒުގަ ހުރިހައި ފަންގިފިލާ ތަކަށް އިމާމު/ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތައް ހުރިހައި ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީންހަރުކުރާ ގޮތައް ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް

އިސްލާމިކް މިނިސްޓާރ ޝަހީމް އެކްސް ގައި ޕޯސްޓު ކުރައްވައިފިއެވެ.

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ މިއީ ހެޔޮ އެދޭ ފަރާތެއްގެ ހިލޭ އެހީގެ ދަށުން ކުރާ ކަމެއް ކަމަށެވެ.

އަދި ހުތުބާ ކިޔާ މީހާ ފެންނަން ހުރުމަކީ ޝައުގުވެރިކަން ބޮޑުވާނެ ކަމެއް ކަމަށާއި އޭރުން ހުތުބާ އަޑު އެހުމަށް  އިތުރު ސަމާލުކަމެއް ދޭނެ ކަމަށެވެ. ހަމައެހެންމެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުތުބާ ބުނެދެވޭނެހެން އިޝާރާތުގެ ބަހުން ސްކްރީން އިން ފެންނަން ހުންނާނެ ކަމަށްވެސް އެބޭފުޅާވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-