-Advertisement-

-Advertisement-

‎ހާއްސަ އޮފަރތަކަކާއެކު ދިރާގުން އައު އަހަރު “2024” ފާހަގަކުރަނީ

ދިރާގުން މީލާދީ އައު އަހަރު، 2024 ފާހަގަކުރުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ލޯންޗް ކޮށްފިއެވެ.

މިގޮތުން އައު އަހަރަށް މަރުހަބާ ކިޔުމާއި އުފާ ފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުންގެ ތަފާތުބޭނުންތަކަށް ހާއްސަ އޮފަރތައް ފަރުމާކޮށްފައެވެ.

މީގެތެރޭގައި:

ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ: ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2024 ރުފިޔާއަށް ސަޅި އެނުއަލް އަދި ސަޅި 180 ޑޭސްސަބްސްކްރައިބް ކުރެވޭނެއެވެ.

އެގޮތުން ސަޅި އެނުއަލް ޕްލޭނާއެކު ކަސްޓަމަރުންނަށް 365 ދުވަހަށް ދުވާލަކު 1ޖީބީ ލިބޭއިރު، ސަޅި 180 ޑޭސް ޕްލޭނާއެކު ދުވާލަކު 4ޖީބީ، 180 ދުވަހަށް ލިބޭނެއެވެ.

ލިމިޓްލެސް ސޯޝަލް މީޑިއާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް މި އެޑްއޮންއާއެކު އެންމެ 24 ރުފިޔާއަށް ލިމިޓްލެސް ސޯޝަލް މީޑިއާ، 24 ގަޑިއިރަށްލިބޭނެއެވެ.

ހިލޭ މައިފައި ޑިވައިސް: މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީ ޕެކޭޖަށް އަލަށް ސަބްސްކަރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސެއްލިބޭނެއެވެ.

ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އައު އަހަރުގެ ލިމިޓެޑް ޓައިމް އޮފާރތަކަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ 31 ޖަނަވަރީ 2024ގެ ނިޔަލަށެވެ.

މީގެ އިތުރުން އައު އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް 31 ޑިސެންބަރު 2023 އިން 1 ޖަނަވަރީ 2024ގެ ނިޔަލަށްއެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-