-Advertisement-

-Advertisement-

އާރްޑީސީ އިން 17 ރަށެއްގެ މަސައްކަތް އަލުން ފަށައިފި

ގދ. ގައްދޫގައި އާރޑީސީ އިން ތާރައެޅުމުގެ މަސައްކަތް ކުރަމުންދަނީ -- ފޮޓޯ: ޕީއެސްއެމް

ރިޔާސީ އިންތިޚާބުގެ ދުވަސްވަރުއްސުރެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، 17 ރަށެއްގައި އާރްޑީސީއިން ކުރަމުންއައި މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

އާރްޑީސީއިގެ ޓްވިޓަރ ހެންޑްލްގައި ރޭގެ ވަގުތެއްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 3 ޒޯނަކަށް ބަހާލައިގެން އާރްޑީސީއިން ކުރަމުންދިޔަ މަސައްކަތްތައް ދުވަސްކޮޅެއްގެ މަޑުޖެހުމަކަށްފަހު އަލުން ފަށައިފި ކަމަށެވެ.

މިދިޔަ ސަރުކާރުގައި އާރްޑީސީ އާ ވަނީ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. މިގޮތުން ގިނަ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. މާލެސިޓީގެ އަމީނީމަގުގައި ތާރައެޅުމުގެ މަސައްކަތްވެސް ކުރަމުންދަނީ އާރްޑީސީއިންނެވެ.

އާރްޑީސީ އިން ކަނޑައަޅާފައިވާ އުތުރު ޒޯންގައި ފަށާފައިވަނީ ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.މިލަންދޫ އަދި ރ.ހުޅުދުއްފާރުގައި ނުނިމި ހުރި މަސައްކަތެވެ.

މެދު ޒޯނުގައި ފަށާފައިވަނީ ނ. އަތޮޅު ހޮޅުދޫ އަދި ވެލިދޫގައި ހިންގަމުންގެންދާ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތަކާއި ޅ.ހިންނަވަރު، މ.މުލައް، އދ.މާމިގިލި، ދ.ކުޑަހުވަދޫ އަދި މާލެސިޓީ އަމީނީމަގުގެ ނުނިމި ހުރި މަސައްކަތެވެ.

ދެކުނުގައި މަސައްކަތް އަލުން ފަށާފައިވަނީ ތ.ތިމަރަފުއްޓާއި ލ.ގަން، ގއ.ކޮލަމާފުށި، ގއ.ވިލިނގިލި ފޭސް 2، ގދ.ތިނަދޫ ފޭސް 2 އަދި ގދ.ގައްދޫގެ މަގުހެދުމުގެ ނުނިމިހުރި މަސައްކަތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-