-Advertisement-

-Advertisement-

ކުޑަ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު ރާއްޖެ ގެނެސްފި

އދ.ދިގުރަށް- ފޮޓޯ: ސަން އޮންލައިން

އދ. ދިގުރަށުގައި ކޮތަޅަކަށްލުމަށްފަހު އެއްލާލާފައިވާ އޮއްވައި ފެނުނު ތުއްތުކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

ފުލުހުންގެ ގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ތުއްތުކުއްޖާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް މި މަހުގެ 16 ވަނަ ދުވަހު އިންޑިއާއަށް ގެންދިއުމަށް ފަހު، މިދިޔަ ހުކުރު ދުވަހު އަނބުރާ ހަށިގަނޑު މާލެ ގެނެސްފައިވެއެވެ.

ކުއްޖާ މަރާލައި އެއްލައިލިކަމުގެ ތުހުމަތަށް ހަމަ އެ ދުވަހު ހައްޔަރުކޮށްފައިވަނީ އެ ރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާގެ އަންހެނެކެވެ. ތިރީސް އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ފުރައިގެން ދާން އުޅެނިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ތުއްތު ކުއްޖާ ފެނިފައިވަނީ ފޫޅު ވެސް ނުކަނޑައި  ކޮތަޅަކަށް ލައި ދިގުރަށުގެ ކުނިގޮނޑަށް އެއްލާލައިފައި އޮއްވައި، މި މަހުގެ ތިން ވަނަ ދުވަހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-