-Advertisement-

-Advertisement-

ޒަކަރިއްޔާގެ ބަދަލުގައި ކައުންޓަ ޓެރަރިޒަމަށް ވައިސް ވަހީދު

ފޮޓޯ: އެމްއެންޑީއެފް އެކްސް އެކައުންޓް

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގައި މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ހަމަޖައްސައިފި އެވެ.

ޒަކަރިއްޔާ ޝަރަފްވެރިކަމާ އެކު ރިޓަޔަކުރެއްވީ 37 އަހަރަށް ފަހު ޑިސެމްބަރު 9، 2021 ގަ އެވެ. އޭގެ ފަހުން ވެސް ޒަކަރިއްޔާ ހުންނެވީ އެންސީޓީސީގެ އެންމެ އިސްވެރިޔާގެ މަގާމުގަ އެވެ.

އެންސީޓީސީގެ ވެރިޔަކަށް އައްޔަންކުރި ވައިސް ވަހީދު ސިފައިންގޭގައި 34 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-