-Advertisement-

-Advertisement-

ކޮވިޑްގެ އާ ވޭރިއެންޓް ފެތުރޭތީ ސަމާލުވާން އެދިއްޖެ

ފޮޓޯ:ޓައިމްސް އޮފް އައްޑޫ

އެކި ގައުމުތަކުގައި ކޮވިޑުގެ އާ ވޭރިއެންޓު ފެތުރޭތީ، ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވާން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީގެ ފަރާތުން ނެރިފައިވާ ބަޔާނުގައި ވަނީ މިއީ ސްކޫލާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރުމުގެ އިތުރުން، އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވެގެން ދާނޭ ކަމަށް ބެލެވޭ ކަމަށެވެ.

ގިނަ ގައުމުތަކުން ވަނީ ކޮވިޑްގެ އާ ވޭރިއެންޓު ފެނުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފަ އެވެ. ނަމަވެސް އެޗްޕީއޭގެ ބަޔާނުގައި، މި ވޭރިއަންޓް ފެނުނު ކަމަށް ބުނެފައެއް ނުވެ އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި 40 އަށްވުރެ ގިނަ ގައުމުން ވަނީ ފަސޭހައިން ފެތުރޭ މި ވޭރިއަންޓް ފެނިފަ އެވެ.

ސަމާލުކަންދޭންޖެހޭ ކަންތައްތައް

– އަރިދަފުން ރޯގާ ޖެހި، ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން.

– ރޯގާ ޖެހި، ކެއްސާނަމަ އަނގަޔާ ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން

– ރޯގާ ޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން

– ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލި މީހައާއެކު ވީހާ ވެސް މަދު މީހުން ދިއުން. ބަލި މީހުންނަށް ޒިޔާރަތްކުރުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން

– އާއްމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮންނަން ސަމާލުކަން ދިނުން

– ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-