-Advertisement-

-Advertisement-

ސުޕާރީ ފުޅި އިމްޕޯޓްކުރުން 1 ޖެނުއަރީގެ ފަހުން މަނާ

ފިހާރައެއްގައި ސުޕާރީ ވިއްކަން ބަހައްޓާފައި -- ފޮޓޯ: ޓައިމްސް އޮފް އައްޑޫ

ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ސުޕާރީ 1 ޖެނުއަރީގެ ފަހުން ރާއްޖެ އެތެރެކުރުން މަނާވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ 5/2023 ނަންބަރު ޤަރާރުގެ ދަށުން ޕްލާސްޓިކް މަދުކުރުމަށް އަޅާ ފިޔަވަޅުގެ ތެރެއިން އެންމެ ފަހަރަކު ބޭނުންކުރާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މިހާރުވެސް ވަނީ ރާއްޖެ އިމްޕޯޓްކުރުން މަނާކޮށްފައެވެ. މިގޮތުން 2021 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ރާއްޖެ އެތެރެކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ޕްލާސްޓިކް ނޫން އެހެނިހެން ބާވަތަކުން ބަންދުކޮށްފައި ހުންނަ ސުޕާރީ ރާއްޖެ އެތެރެ ކުރެވޭނެއެވެ. މިގޮތުން އެންމެ ގިނައިން ރާއްޖެ އެތެރެކުރަނީ ކުޑަ ބިއްލޫރި ފުޅީގައި ބަންދުކޮށްފައި ހުންނަ ސުޕާރީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-