-Advertisement-

-Advertisement-

ރެސިޕީ: ހުވާޗޭ ރެސިޕީ

ކޮރެއާގައި މައްޝްހޫރު ހުވާޗޭ

މިއީ ފުރުޓު ސެލެޑް ގޮތަށް އެހެން ނަމަވެސް ވަރަށް ތަފާތު ގޮތަކަށް ކޮރެއާ ފަދަ ގައުމުތަކުގައި ހޫނު ދުވަސްވަރުގައި ތައްޔާރުކޮށް އުޅޭ ޑެޒާޓެކެވެ. މިއީ ޒަމާނުއްސުރެ ކޮރެއާގައި ކުޑަ ކުދިންނަށްވެސް އަދި ބޮޑެތި މީހުނަށްވެސް ވަރަށް ކަމުދާ ފޮނި އެއްޗެކެވެ.

ބޭނުންވާ ތަކެތި:
1 ކުޑަ ކަރާ
200 ގ މޭބިސްކަދުރު (އޮއް ނެތް)
10 ސްޓޯބެރީ
ބައިދަޅު ޕީޗް
500 އެމްއެލް ސްޓޯބެރީ ކިރު
500 އެމްއެލް ސްޕްރައިޓް
އައިސް ކިއުބް

ތައްޔާރު ކުރާނެގޮތް
ސްޓޯބެރީ ކޮޅު ތުނިކޮށް ކޮށާލުމަށް ފަހު ކިއުބް ކޮށްލާށެވެ. އެއަށް ފަހު ބާކީ ހުރި މޭވާތަށްވެސް ހެފޭ ވަރަށް ކުދިކޮށް ކިއުބް ކޮށްލާށެވެ. ހުރިހާ މޭވާތަކެއް ބޮޑު ތައްޓަކަށް އެޅުމަށްފަހު، ސްޓޯބެރީ ކިރު، ސްޕްރައިޓް އަދި އައިސް ކިއުބްތައް އަޅާ އެއްކޮށްލާށެވެ. ރަހަ އިތުރަށް މީރު ކޮށްލުމަށްޓަކައި، ކުޑަ އައިސް ކްރީމް ތައްޓެއް އަދި ކުޑަ ގެރި ކިރު ކޮޅެއްވެސް އެޅިދާނެއެވެ. މިއީ ފިނިކޮށް ކާލަން ވަރަށް މީރު ޑެޒާޓެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-