-Advertisement-

-Advertisement-

ކޮންސްޓްރަކްޝަން ދާއިރާގެ 3 ވަޒީފާއެއް ދިވެހިންނަށް ޚާއްސަ ކޮށްފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކޮންސްޓްރަކްޝަން އެވޯޑު ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަނީ

ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މުހިއްމު 3 ވަޒީފާއެއް ދިވެހިންނަށް ޚާއްސަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކޮންސްޓްރަކްޝަން އެވޯޑު ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި އެ ދާއިރާތަކުން ދިވެހީން ތަމްރީނު ކުރުމަށްފަހު މި ތިން ފީލްޑަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއަށް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ.

ދިވެހިންނަށް ޚާއްސަކުރެވޭ 3 ވަޒީފާއަކީ؛

  • ސައިޓް ސުޕަވައިޒަރުން،
  • ބިލްޑިންގ އިންސްޕެކްޓަރުން، އަދި
  • ސާވޭޔަރުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަރަށް އުއްމީދީ ނިންމުންތަކެއްގެ ވާހަކަ ހިއްސާކުރެއްވިއެވެ. މިގޮތުން އަންހެނުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ސިޔާސަތުތައް ބައްޓަން ކުރާނެކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުން މިދާއިރާގައި މަސައްކަތް ކުރުމަށް ދެވެން ހުރި އެންމެ ފަހި ފުރުސަތުތައް ދެއްވާނެކަމަށް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-