-Advertisement-

-Advertisement-

މަސީއިން ރައީސް ޑރ. މުޢިއްޒުއަށް ބޮޑުރަސްގެފާނުގެ ލަޤަބް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ބިލްޑާސް އެވޯޑް ލިބިލެއްވި ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިން ފުރަތަމަ ފަހަރަށް ދިން “ބޮޑުރަސްގެފާނު ލަޤަބް” މަސީގެ ފުރަތަމަ ބިލްޑަރސް އެވޯޑް ދިނުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

މަސީ އިން ފުރަތަމަ ފަހަރަށް ދިން މި ލަޤަބް ރައީސްއާއި ހަވާލުކުރެއްވީ މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހު އެވެ. ޖަނާހު އަކީ ކޮންސްޓްރަކްޝަން ދާއިރާގައި ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މި ލަގަބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ރައީސް ޑރ، މުޢިއްޒުގެ ހައުސިންގް މިނިސްޓަރ ކަމުގައި އެމަނިކުފާނުގެ ބެލުމުގެ ދަށުން ވަރަށް ފާހަގަކުރެވޭ ޢުމްރާނީ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވިގެންދިޔައެވެ. މިގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ފޭސް 2 އަދި ހިޔާ ފްލެޓް ޕްރޮޖެކްޓްގެ އިތުރުން ސިނަމާލެ ބްރިޖަކީވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ހިންގުނު ޕްރޮޖެކްޓްތަކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-