-Advertisement-

-Advertisement-

ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަނުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އައްޔަނުކުރައްވައިފި އެވެ.

މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމަށް އައްޔަނުކުރި ކަމުގެ ފަތްކޮޅު ޝުޖާއުއާއި ހަވާލުކުރައްވާފަ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލެވުނު ފުރުސަތު މި މަހު 19 ވަނަ ދުވަހު ހަމަވެފައިވާއިރު، އެ މަގާމަށް ކުރިމަތި ލެއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ޝުޖާއު ހުންނެވީ ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ އެންމެ އިސްވެރިޔަކަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-