-Advertisement-

-Advertisement-

ފެބްރުއަރީ މަހުން ފެށިގެން ބޭރުގައި ކިޔަވާކުދިންގެ ކާޑު ލިމިޓު 1،200 ޑޮލަރަށް ބޮޑުކޮށްދީފި

ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން ކާޑު ލިމިޓު މަތި ކުރަން ނިންމާފައިވާ ކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހަކު 750 ޑޮލަރު ނެގޭތީ އެކަމުގެ ދަތިކަމާއި ކަންބޮޑުވުން ބޮޑު ކަމަށެވެ. އެބޭފުޅާ މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ.

ކެބިނެޓުން މަޝްވަރާކޮށް އެ ލިމިޓު އަންނަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން މަހަކު 1،200 ޑޮލަރަށް ބޮޑުކުރަން ނިންމަވާފައިވާ ކަން ނާޒިމް ހާމަކުރެއްވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-