-Advertisement-

-Advertisement-

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް މަރުކަޒުތައް ގާއިމު ކުރަނީ

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމައިފި އެވެ. އިސްރަށްވެހިންގެ ގޮތުގައި ބަލަނީ 55 އަހަރުން މަތީގެ މީހުންނެވެ.

ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ހުޅުވަން ހަމަޖެހިފައިވަނީ ޤުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި މިދިޔަ ސަރުކާރުން ހަދަން ފަށާފައިވާ ތަނެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެ މަރުކަޒު ހުޅުވުމަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންނަށް މަރުކަޒުތައް ގާއިމް ކުރުމަށް ކެބިނެޓުން އިއްޔެ ނިންމާފައިވާ ކަމަށެވެ. މިހެން އެބޭފުޅާ ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ.

ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި އިސްރަށްވެހިންނަށް ހާއްސަ ކްލަބެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނުގައި، އެ މީހުންނަށް ދިމާވާ ދަތި އުނދަގޫ ކަންކަމުގައި މުޖުތަމައުގެ އެންމެންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖެއްސުމާއި އިސްރަށްވެހިން ރަގަޅު ސިއްހަތެއްގައި ދެމިތިބުމަށާއ، އެ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރާނެ ކަމަށް މިނިސްޓްރީން ކުރިން ހާމަކުރި މައުލޫމާތުތަކުގައި ވެ އެވެ.

އެ ތަނުން ލިބޭނެ ހިދުމަތްތައް:

  1. އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކައުންސެލިންގެ ހިދުމަތް ދިނުން
  2. . ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުޅިވަރާއި މުނިފޫހިފިލުވުން (އެ ތަނުގައި ކުޅިވަރުތަކާއި މަލްޓިމީޑިއާ ރޫމާއި ލައިބްރަރީގެ އިތުރުން ގަސް އިންދުންފަދަ ހަރަކާތްތައް އޮންނާނެ)
  3. އިޖުތިމާއީ ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން
  4. އެއްތަނަކުން ހިދުމަތްތައް ލިބުން (އައިޑީ ކާޑު ހެއްދުން، ޕާސްޕޯޓު، ޕެންޝަން އޮފީހުން ލިބޭ ހިދުމަތްތަކާއި ދަތުރުފަތުރާއި އެންސްޕާގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބުން)
  5. އިޖުތިމާއީ ހިދުމަތްތައް ލިބުން (ނާޒުކު ހާލުގައި ތިބި އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން)
  6. ސިއްހީ ދުޅަހެޔޮކަން ބެލުން (ކަސްރަތު، ހެލްތް ޗެކަޕް، ފައިދާހުރި ކާނާއާ ބެހޭ ސެޝަންތައް، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ހުނަރުތައް)
  7. އިސް ރަށްވެހިންގެ ތަޖުރިބާތައް ހިއްސާ ކުރުން

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-