-Advertisement-

-Advertisement-

21 ދާއިރާއަކުން ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ނިންމައިފި

ފޮޓޯ؛ ރައީސް އޮފީސް

ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި ޝައުގުވެރިކަން ހުރި 21 ދާއިރާއެއްގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް އެއީ ދިވެހިންނަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވޮލޮޕްމަންޓުން ހުށަހަޅާފައިވާ ކަމަށެވެ. މިހެން މިބޭފުޅާ ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ..

ދިވެހިންނަށް ހާއްސަކުރާ ބައެއް ދާއިރާތައް:

– ހެއާ ޑްރެސާ

– ބިއުޓީޝަން

– ބޭބީ ސިޓާ

– ޕާސަނަލް ޓްރެއިނާ

– އިލެކްޓްރިޝަން

– ގެސްޓް ރިލޭޝަން އޮފިސަރު

– ޓުއާ ގައިޑް

– ޑައިވާސް

– ފޮޓޯގްރަފާސް

– އިލެކްޓްރިކަލް އިންޖެނިއާސް

– ހައުސް ކީޕިން މެނޭޖަރު

– ހިއުމަން ރިސޯސް މެނޭޖަރު

– ފްރޮންޓް އޮފީސް މެނޭޖަރު

– އެކައުންޓެންޓުން

– އިމާމުން

– ނަރުހުން

– ޓީޗަރުން

– އިންސްޕެކްޓަރުން

– ސާވޭއަރުން

– ސައިޓް ސްޕަވައިޒަރުން

– ޕައިލެޓުން

އޭގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ތިން ވަޒީފާއެއް ވެސް ދިވެހިންނަށް ހާއްސަކުރަން ނިންމެވިކަން ރައީސް ޑރ. މުއިއްޒު ރޭ ވަނީ އިއުލާން ކުރައްވާފަ އެވެ. އެއީ ބިލްޑިންގ އިންސްޕެކްޓަރުންނާއި، ސައިޓް ސުޕަވައިޒަރުން އަދި ސާވޭޔަރުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-