-Advertisement-

-Advertisement-

ޑރ. ޒުލްފާ އެލްޖީއޭ ގެ ސީއީއޯ ކަމަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޑރ.ޒުލްފާއަށް މަޤާމްގެ ފަތްކޮޅު އަރުއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރެއްވި މ.ވައިނުޖެހޭގެ، ޑރ. މަރިޔަމް ޒުލްފާ، ލޯކަލް ގަވާމަންޓު އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ޒުލްފާ ރާއްޖޭން ބޭރަށް، އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އަދި އެޤައުމުގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ރާއްޖެ އެނބުރި ވަޑައިގަތީ މިއަހަރު ތެރޭގައެވެ.

ކުރިން އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ޑރ. ޒުލްފާ ވަނީ މިދިޔަ މަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

ޒުލްފާ މިމަޤާމަށް އައްޔަން ކުރެވުނީ މަޤާމް ހުސްކޮށް އޮންނަތާ 7 މަސް ފަހުންނެވެ. ކުރިން އެލްޖީއޭގެ ސީއީއޯ އަކަށް ހުންނެވީ އަފްޝަން ލަތީފް އެވެ. އަފްޝަން ލަތީފް ވަނީ މިދިޔަ މޭ މަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-