-Advertisement-

-Advertisement-

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަން މި އަހަރުވެސް ވެމްކޯއަށް!

ކްލަބް ވެމްކޯ އިން ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ގެ ތަށި އުފުލާލަނީ. ފޮޓޯ: އަބްދުﷲ ޔަޝާއު / ސިޑިބަރި

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ކްލަބް ވެމްކޯއިން ކާމިޔާބު ކޮށްފި އެވެ.

ރޭ ސޯޝަލް ސެންޓަރ އިންޑޯ ކޯޓުގައި ކުޅުނު މެޗު ޕޮލިސް ކްލަބްގެ މައްޗަށް ވެމްކޯ އިން ކުރި ހޯދީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-21، 25-23 އަދި 25-17 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯއިން މޮޅަށް ކުޅެ ކުރި ހޯދި އިރު ވެމްކޯގެ މުހިއްމު ދެ ސްޕައިކަރުން ކަމުގައިވާ އައިޝަތު މާޖިދާ އަދި ޖެސިކާ ސޮއާރޭސް ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. ދެވަނަ ސެޓުގެ ވަކި ހިސާބަކުން ޕޮލިހުން މެޗުގެ ލީޑު ނެގި ނަމަވެސް ވެމްކޯއިން ވަނީ ފަހު ވަގުތު ނަތީޖާ އަނބުރާލާ 25-23 އިން ދެވަނަ ސެޓުވެސް ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ތިންވަނަ ސެޓުގައި މާ ބޮޑު ޕްރްޝަރެއް ނެތި ވެމްކޯއިން ވަނީ ފަސޭހަ ކަމާއި އެކު 8 ޕޮއިންޓްގެ ފަރަގަކުން ކާމިޔާބު ކޮށް، ވިދި ވިދިގެން 3 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ ތިން ވަނަ ޓީމަކީ އަލްމާ ސްޕޯޓްސް ކްލަބް އެވެ. ވެމްކޯއިން މުބާރާތް ކާމިޔާބު ކުރި އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެމްކޯގެ ސްޕައިކަރު އަދި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު މާޖިދާ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި މިރޭ ވެމްކޯގެ ފިރިހެން ޓީމް ސިޓީ ސްޕޯޓްސް ކްލަބް އާއި ދެކޮޅަށް ނުކުންނާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-