-Advertisement-

-Advertisement-

ބައްސާމްގެ މަޤާމް ގެއްލިއްޖެ

ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަޤާމްގައި ހުންނެވި ބައްސާމް އަދީލް ޖަލީލްގެ މަޤާމް ގެއްލިއްޖެއެވެ.

ބައްސާމްގެ މަޤާމް ގެއްލުނީ އެފްއޭއެމްގެ އެކްސްކޯގެ ޤާނޫނީ އަދަދު ހަމަނުވާވަރަށް މެންބަރުން މަދުވުމުންނެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ތިއްބަވާ 9 މެންބަރުންގެ ތެރެއިން 5 މެންބަރުން މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި ވަނިކޮށް ބޯޑުގެ ދެ  މެންބަރަކު ވަނީ މީގެ 2 މަހެއް ކުރިން އިސްތިއުފާ ދީފައެވެ. އެއީ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު އަދި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު އެވެ.

މީގެ އިތުރުން ޓީސީ ސްޕޯރޓްސް ކްލަބްގެ މުއައްސިސް އަހުމަދު ނަޝީދު އާއި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒު އަދި މުޙައްމަދު ޝާފިޢު ވެސް ވަނީ ކޮމިޓީއިން އިސްތިއުފާ ދީފައެވެ.

އެފްއޭއެމްގެ ހިންގާކޮމިޓީގައި މިހާރު ބާކީ ތިބި މެންބަރުންނަކީ ނާއިބް ރައީސް އަލީ އުމަރު، މުފާވިޒު ހާޝިމް، އަހުމަދު ޝަކީބު އަދި ބައްސާމް އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-