-Advertisement-

-Advertisement-

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފި

ފޮޓޯ؛ ޕީއެސްއެމް ނިއުސް

މެދު ރާއްޖެ ތެރޭގެ ބައެއް ހިސާބުތަކަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ރީނދޫ ސަމާލުގައި ވަނީ ބ. އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް ހިމެނޭ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނިގައި ވައި ޖެހޭނެ ކަމަށާއި އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. މި ސަމާލުގެ މުއްދަތު މެންދުރު 13:00 އަށް ހަމަވާނެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ރާޅުގެ އުސްމިން 5-7 ފޫޓަށް އުފުލޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-