-Advertisement-

-Advertisement-

އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކޮށްފި

ފޮޓޯ؛ ވަގުތު އެމްވީ

އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ އޭރިއާގެ މަސައްކަތްތައް އެހެން ކުންފުންޏަކާ މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްފި އެވެ.

އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލުމަށްފަހު ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 04 ވަނަ ދުވަހު އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް، މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުން ކައުންސިލުން އެ އެއްބަސްވުން ބާތިލްކުރީ އެވެ. އޭރު އޮތީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދީފަ އެވެ. މިއީ 01 މަސް ދުވަސް ތެރޭގައި ކުރުމަށް ހަވާލު ކުރެވުނު މަސައްކަތެކެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، އާ ސަހަރާގައި ލައުންޖުތައް ހަދަން މި ފަހަރު ހަވާލުކުރީ އެހެން ކުންފުންޏަކާ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-