-Advertisement-

-Advertisement-

ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާ އާ މަޝްވަރާކުރަނީ

އދ.ދިގުރަށް- ފޮޓޯ: ސަން އޮންލައިން

އދ. ދިގުރަށު ކުނިގޮނޑުގައި ކޮތަޅަކަށް ލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑާމެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް އާއިލާ އާ މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

އެކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ އަންހެނެކެވެ. މި އަންހެން މީހާ އަކީ އެރަށު ގެސްޓު ހައުސް އެއްގައި މަސައްކަތް ކުރި މީހެކެވެ. މީނާ ހައްޔަރު ކޮށްފައިވަނީ ފުރަން ގޮސް ވެލަނާ އިންޓަނޭޝަނަލް އެއާޕޯރޓްގައި ހުއްޓައިއެވެ. އަދި ޝަރީއަތް ނިމެންދެން ވަނީ ހައްޔަރު ކޮށްފައިއެވެ.

ކުއްޖާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މިމަހުގެ 16 ވަނަ ދުވަހު އިންޑިއާ އަށް ގެންގޮސް ޕޯސްޓު މޯޓަމަށް ފަހު މި މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ. ކުއްޖާގެ ހަށިގަނޑު އަދިވެސް އޮތީ ގަލޮޅު މޯޗަރީގައެވެ. ކުއްޖާގެ ޕޯސްޓް މޯޓަމްރިޕޯރޓް އަދި ފުލުހުން ހާމަކޮށްފައިއެއް ނުވެއެވެ…

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-