އަންނަ އަހަރު ޖެނުއަރީ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންތިހާބުގައި ވާދަކުރަން ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒު ހާޝިމް (މުފާ) އަދި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހްމަދު ތޯރިގް (ޓޮމް) ފޯމު ހުށަހަޅައިފި އެވެ.
އަހުމަދު ތޯރިގް ގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛
- ރައީސް އަހުމަދު ތޯރިގް (ޓޮމް)
- ނާއިބު ރައީސް އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ޓީމްގެ ކީޕަރ)
- ނާއިބު ރައީސް ހުސައިން ޝާފިއު (ކޮކީ)
- މެންބަރ އަހުމަދު ޝާހިރު
- މެންބަރ އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)
- މެންބަރ މުހައްމަދު މިފްތާހު
- މެންބަރ އަލީ ރިޒްވާން
- މެންބަރ އަބްދުﷲ ނާސިހު
- އަންހެން މެންބަރ އުލާ އިބްރާހިމް
މުފާވިޒު ހާޝިމް ގެ ޓީމްގައި ހިމެނެނީ؛
- ރައީސް މުފާވިޒު ހާޝިމް
- ނާއިބު ރައީސް މުއާވިޔަތު ހަލީލު (މުއާބެ)
- ނާއިބު ރައީސް މުހައްމަދު އަހްސަން (އަހޫ)
- އަހްމަދު ޝަކީބު (ޑޮކް)
- އަރުޝަދު އަޝްރަފު
- ހަސަން އަދުހަމް
- އިސްމާއީލް ޝަފީއު (އިއްސެ)
- މުހައްމަދު ހަސަން
- މަރްޔަމް މިރްފަތު
އަހުމަދު ތޯރިގް ވަނީ ކުރިންވެސް އެފްއޭއެމްގެ ރައީސްކަން ކުރައްވާފައެވެ. 2016 ވަނަ އަހަރުގެ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކާމިޔާބު ކުރެއްވި ޓޮމްގެ ދައުރު ދެމިއޮތީ 3 މަހާއި ކުޑަ ދުވަސްކޮޅަކަށެވެ. ޓޮމްގެ މަޤާމް ގެއްލުނީ އިންތިޚާބުވި 9 މެންބަރުންގެ ތެރެއިން 5 މެންބަރުން އެކްސްކޯއިން އިސްތިއުފާ ދިނުމުންނެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންތިހާބުގައި ވޯޓް ލާނީ ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމަކާއި 2 ވަނަ ޑިވިޝަންގެ 10 ޓީމެކެވެ.