-Advertisement-

-Advertisement-

ވެމްކޯ ރޮއްވާލައި ސިޓީ އިން އެސޯސިއޭޝަން ކަޕްގެ ތަށި ހޯދައިފި

ސިޓީ ސްޕޯޓސް ކްލަބް އިން މުބާރާތުގެ ތަށި އުފުލާލަނީ. ފޮޓޯ: އަދަދު

ކުލަބު ވެމްކޯ ސީދާ ތިން ސެޓުން ބަލިކޮށް ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ސިޓީ ސްޕޯޓްސް ކްލަބް އިން ކަމިޔާބުކޮށްފި އެވެ.

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި އަލަށް ވާދަކުރި ސިޓީ ސްޕޯޓްސް ކްލަބް އިން ވަނީ ތަޖުރިބާކާރު ކުޅުންތެރިންނާއިއެކު ނުކުތް ވަރުގަދަ ވެމްކޯއާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ސެޓުތައް ސިޓީ އިން ގެންދިޔައީ 28-26، 25-17 އަދި 25-22 އިންނެވެ. މުބާރާތުގެ އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައިވެސް ސިޓީ ޓީމްގެ ކިރްގިސްތާންގެ ދެ ކުޅުންތެރިންކަމަށްވާ އޮމުރްބެކް އާއި ނޫރްމުހައްމަދު މޮޅު ކުޅުމެއް ދެއްކި އެވެ.

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީވެސް ކިރްގިސްތާންގެ ނޫރުއަހުމަދު އެވެ.

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިޓީގެ އަހުމަދު ފާޒިލް އެވެ. ޑްރީމް ޓީމްގައި ފާޒިލް ހިމެނެ އެވެ. ޑްރީމް ޓީމްގައި ދެން ހިމެނެނީ ޗެމްޕިއަން ސިޓީގެ އަލީ ނިމާލް، ވެމްކޯގެ އަލީ ހުޒާމް، ހުސައިން ޔޫސުފް، އަހުމަދު ނަބީލްގެ އިތުރުން އާބަންކޯގެ އިސްމާއިލް ސާޖިދު އާއި އާދަމް ފައިރޫޒް އެވެ.

އެންމެ މޮޅު ކޯޗަކީ ސިޓީއަށް ތާރީޚީ ކާމިޔާބީ ހޯދައިދިން ކޯޗު މުހައްމަދު ޝަރަފް އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-