-Advertisement-

-Advertisement-

ތިން މީހުން ބަންދު ނުކުރި މައްސަލަ އިސްތިއުނާފް ނުކުރަން ނިންމައިފި: ނަދީމްގެ މަރު

ނަދީމް. ފޮޓޯ: މާރޑާ އޮފް މޯލްޑިވްސް

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ތިން މީހަކު ބަންދު ނުކުރަން ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ދައުލަތުން ނިންމައިފި އެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގައި ޓާމިނަލް ކެފޭ ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ލ. ގަން ތުނޑީ ވިދާތަރި އަލީ ނިފާޒާއި ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ ނިމެންދެން އެ މީހުން ބަންދު ކުރަން ދައުލަތުން އެދިފައިވީ ނަމަވެސް ހައި ކޯޓުން އިއްޔެ ނިންމީ އޭގެ ތެރެއިން އަލީ ނިފާޒް ބަންދު ކުރުމަށްފަހު ދެން ތިބި ތިން މީހުން ދޫކޮށްލުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-