-Advertisement-

-Advertisement-

ދިރާގުގެ 2024 ވަނަ އަހަރުގެ ކަލަންޑަރު ނެރެފި

ފޮޓޯ: މިހާރު . ކޮމް

ދިރާގުން 2024 ވަނަ އަހަރަށް ހާއްސަކޮށްގެން ކަލަންޑަރެއް ނެރެފިއެވެ. މިކަލަންޑަރަށް ދެވިފައިވާ ނަމަކީ “އިންޓު ދަ ފިއުޗާ” މިކަލަންޑަރުން ދައްކުވައިދެނީ ކުޑަކުއްޖެއްގެ ނަޒަރުން  މިހާރަށް ވުރެ ކުރިއަރާފައިވާ ޑިޖިޓަލް ރާއްޖެއެއްގެ ތަސައްވުރެވެ.

މި ކަލަންޑަރުން މުސްތަގުބަލުގައި ރާއްޖެ ޑިޖިޓަލީ ތަރައްގީވެ، ޓެކްނޮލޮޖީގެ ކުލަވަރު އޮންނާނެ މިންވަރު ދައްކުވައިދެއެވެ. އަދި މުސްތަގުބަލުގައި އެކި މަސައްކަތްތަކުގައި ޓެކްނޮލޮޖީގެ ފެނިގެން ދާނެ ގޮތާއި، އާއްމު ދިރިއުޅުމުގައި ޓެކްނޮލޮޖީ އަދާ ކުރާނެ ދައުރާއި އިންކްލޫސިވް ސޮސައިޓީއަކަށް ޓެކްނޮލޮޖީން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތުގެ ހިޔާލުތައް ހިމެނޭ ކުރެހުންތައް ވެސް ވަނީ ހިމަނާފައިއެވެ.

ދިރާގުން މި އަހަރުގެ ކަލަންޑަރު ލޯންޗު ކޮށްފައި ވަނީ ތީމާ ގުޅުވާ 12 ސްނެޕްޗެޓް ގޭމާ އެކު އެވެ. ކޮންމެ މަހަކު ވެސް އެއް ގޭމު އަންލޮކްވާނެ އެވެ.

ކޮންމެ މަހެއް ވެސް ފެށުމުން ކަލަންޑަރުގައި ހިމެނޭ ސްނެޕްޗެޓް ކިއުއާރު ކޯޑު ސްކޭން ކޮށްގެން ގޭމު ކުޅެވޭނެ އެވެ. މި ކަލަންޑަރުގައި ހިމެނޭ ގޭމުތަކަކީ ދިވެހި ކުންފުނި ލޫޕްކްރާފްޓްސްގެ ފަންނީ ދިވެހިން ތައްޔާރުކޮށްފައިވާ ގޭމުތަކެކެވެ.

ވާދަވެރިކަން އިތުރުކޮށް، ފޯރި ގަދަކުރުމުގެ ގޮތުން ދިރާގުންވަނީ އަގުހުރި އިނާމެއް ހުށަހަޅައިފަ އެވެ. މި އިނާމުގެ ތެރޭގައި ހިމެނެނީ ޕީއެސް 5 އަކާއި ޕީއެސް ވީއާރެކެވެ.

އިނާމު ހޯދުމަށް ގޭމް ކުޅުމަށްފަހު ސްކޯގެ ސްކްރީން ޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ އެކްސްގައި DhiraaguCalendarGames# ހޭޝްޓެގާ އެކު ޕޯސްޓު ކުރަން ޖެހޭނެ އެވެ. އިނާމު ދޭނީ ޕޯސްޓު ކުރާ ބައިވެރިންގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ނަސީބުވެރިއަކަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-