-Advertisement-

-Advertisement-

ބްލޮކް ކުރި 2 ނޫސް “އަންބްލޮކް” ކޮށްފި

މިދިޔަ ހުކުރު ދުވަހު ބްލޮކް ކުރި “ދިޔަވަރު.ކޮމް” އަދި “ކުރުސީ.ކޮމް” އަށް ވަދެވޭ ގޮތަށް މިއަދު އަންބްލޮކް ކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ފެށުނު ފަހުން ސަރުކާރުގް އެކި ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ލިޔުންތައް ޝާއިޢު ކުރަމުން އައި މި ދެނޫސް ބްލޮކް ކުރި ސަބަބެއް އަދި އަންބްލޮކް ކުރި ސަބަބެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ބޭރުގައި ރަޖިސްޓަރ ކޮށްފައިވާ މި ދެ އޮންލައިން ނޫސް ބްލޮކް ކުރުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. މިގޮތުން ނޫސްވެރިންގެ ޖަމިއްޔާއާއި މީޑިއާ ކައުންސިލުންވެސް ވަނީ ސަރުކާރުގެ މިޢަމަލު ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރިކޮށްފައެވެ.

ނިއުސްލެބަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި 2 ވެބްސައިޓް ބްލޮކް ކުރީވެސް ފުލުހަށް ބަޔަކު ޖެއްސި މައްސަލަތަކެއްގެ ސަބަބުން ފުލުހުން އަންގައިގެންނެވެ. އަދި އަންބްލޮކް ކުރީވެސް ފުލުހުންގެ އެންގުމަކަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-