-Advertisement-

-Advertisement-

ވަޒީރުންނަށް ރުހުން ނުދީ މަޖިލިސް ދައުރު ނިންމާލައިފި

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް. ފޮޓޯ: މަޖިލީސް އިދާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ނުދީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާލައިފިއެވެ.

މިދިޔަ ނޮވެންބަރ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ ކޮންމެ ވަޒީރަކަށް ވަކި ވަކީން ރުހުން ދިނުމަށެވެ. ނަމަވެސް ވޯޓަށް އަހަން އެޖެންޑާ ކުރެވުނު ޖަލްސާގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ނެންގެވި ނިޒާމީ ނުކުތާއަކުން ވަޒީރުންނަށް ރުހުން ދިނުން ވަނީ ލަސްވެފައެވެ. ޙިސާން ވިދާޅުވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭނެކަމަށެވެ.

މިހެން ވުމުން ވުޒާރާތަކާއި ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މަޖިލީހުގެ ތަޅުމުން އަނބުރާ ކޮމިޓީއަށް މައްސަލަ ފޮނުވުނުފަހުން ކޮމިޓީގެ ބައްދަލުވުމެއް އަދި ނުބޭއްވެއެވެ. މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި ކޮމިޓީ ބައްދަލުވުން، ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާ ފަށްޓަވަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި “ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން” އެ މައްސަލައިގެ ރިޕޯޓު ނިންމުމަށް ފަހު ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފި ނަމަ އެފަދަ ޖަލްސާއެއް ބާއްވައި ވަޒީރުންނަށް ރުހުން ދެވިދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-