-Advertisement-

-Advertisement-

‎ރައީސް ޑރ. މުއިއްޒަށް ކުރީގެ މުދައްރިސެއްގެ އަގުހުރި ނަސޭހަތެއް

ފޮޓޯ : ދިވެހި ރާއްޖޭގެ އަޑު

ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން ހާއްސަބާއްޖަވެރި ހެނދުނެއްޕްރޮގްރާމުގައި  ރައީސް ޑރ. މުހައްމަދުމުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެން ފިއެވެ.

މިޕްރޮގްރާމް ތެރޭގައި ދެބޭފުޅުންވާނީ ގިނަގުނަ ވާހަކަ ފަކެއް ހިއްސާ ކުރައްވާފައި ވާއިރު ރައީސް ގެ ސްކޫލް ދައުރުގެ މުދައްރިސެއް ކަމަށް ވާ އައްޝައިޚްޝުއައިބު އަބްދުއްރަހްމާނާއި ބައްދަލުވިއެވެ.

ރައީސް ވިދާޅުވީ، އެ މުދައްރިއްސްކީ ގެރޭޑް 10ގައި ކިޔަވާވިދާޅުވަމުން ގެންދެވިއިރު، އިސްލާމް މުދައްރިސް ކަމަށެވެ.

ޝުއައިބް ވަނީ އަސަރު ގަދަ އަގުހުރި ނަސޭހަތެއް އެމަނިކުފާނަށް ދެއްވާފައެވެ.

ޝުއައިބް ވިދާޅުވީވެރިކަމަކީ އުފަލެއް ކަމުގައި ދެކެވަޑައިނުގަންނަވައްޗޭ، ރައްޔިތުންގެ ހައްގުތައް، ކަންތައްތައް ނިންމަވާއިރުގައި ހާސް ފަހަރު ވިސްނާފައިނޫނީ ރައްޔިތުންގެ ހައްގުތަކާއި ގުޅޭ ކަންތައް ނުނިންމަވައްޗޭ“.

ދެއްވި ނަސޭޙަތް އަޑުއައްސަވާ ރައީސް ވިދާޅުވީ، އެއީ އެމަނިކުފާނު ވިސްނަވާ އަދި ގަބޫލު ކުރައްވާ ގޮތް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-