-Advertisement-

-Advertisement-

‎ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލައިގައި ކޮމެޓީގެ ބައްދަލުވުމެއް މިއަދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގެ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެމަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވަން ތާވަލުކޮށްފިއެވެ.

މިއަދު 11:00 ޖަހާ އިރަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ތާވަލް ކޮށްފައި ވާއިރު ބައްދަލުވުމުގެއެޖެންޑާގައި އޮތީ ވަޒީރުންގެ މަޖިލިހުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީން ނިންމައި މަޖިލިހަށް ފޮނުވި ރިޕޯޓު އަނބުރާފޮނުވާލާފައިވާތީ އެ ރިޕޯޓާ މެދުގައި ގޮތެއް ނިންމުމެވެ.

ވަޒީރުންގެ ނަންތައް ދިރާސާކުރި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ ހުރިހާ ބޭފުޅުންގެ ވެސްވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމަށެވެ. ނަމަވެސް، އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި ކޮންމެ ބޭފުޅަަކަށް ވަކިވަކިން ވޯޓަށްއަހަން ކޮމިޓީން ނިންމާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-