-Advertisement-

-Advertisement-

‎މަދިރިން ރައްކާތެރިވުމަށް ގައުމީ ފެންވަރުގެ ހަރަކާތް ފަށައިފި

ފޮޓޯ: ރައީސް އޮފީސް

ރައްކާގެ ނަމުގައި މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ބޮޑު ހަރަކާތެއް ގައުމީ ފެންވަރުގައި މިއަދު ފަށައިފިއެވެ

މި ހަރަކާތް ފައްޓަވާ ދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފު އާއި ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ.

އެ ރަސްމިއްޔާތު ފައްޓަވައި ދެއްވަމުން ނައިބް ރައީސް ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ވޭދަނަތައް ރާއްޖެއިން ފެނުމަކީ ރައްޔިތުންކަންބޮޑުވާ ކަމެއް ކަަމަށާއި، ޖަމިއްޔާތަކާއި ގުޅިގެން މިފަދަ ކެމްޕެއިނެއް ފެށުމަކީ ރައްޔިތުން ހިތްހަމަޖެހޭނެ ކަމެއް ކަަމަށެވެ.

އަދި އަތޮޅު ތެރޭގައި ކައުންސިލްތަކާއި، ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި، އެހެނިހެން އިދާރާތަކާއި ގުޅިގެން ހުއްޓުމެއް ނެތި މި ކެމްޕެއިން ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ހަރަކާތުގެ ތެރެެއިން ނައިބް ރައީސް އާއި ވަޒީރު ވަނީ، މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައި ސާފް ކުރުމުގައިބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-