އާ އަހަރު ފެށުން ފާހަގަކުރަން، ގިނަ އަދަދެއްގެ މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް އަންނަމުންދާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާއެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލް ގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ޝަމްއާން ޝާކިރު ވިދާޅުވީ މިއަދާއި ހަމައަށް 30 އަށް ވުރެ ގިނަ ޖެޓު ރާއްޖެ އަށް އައިސްފައިވާ ކަމަށެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ޕްރައިވެޓު ޖެޓުތަކުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ފުރާލައެވެ.
މިދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް އަބަދުވެސް ބާރު ބޮޑުވެ އެވެ.