-Advertisement-

-Advertisement-

‎ރިޔާސީ އިންތިހާބަށް 84 މިލިއަން ރުފިޔާ ހޭދަވި- އީސީ

ނިމިދިޔަ ރިޔާސީ އިންތިހާބަށް ޖުމްލަ 84 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އެގޮތުން އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާފައިވާއިރު އެ އިންތިހާބަށް 63 މިލިޔަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ. އެއީ ރިކަރަންޓަށް ހޭދަވި 51 މިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ހޭދަވި 12 މިލިއަނާ އެކީގައެވެ.

ރިޔަސީ އިންތިހާބުގެ ދެވަނަ ބުރު ސެޕްޓެމްބަރ30 ވަނަ ދުވަހުގައި ބާއްވާފައިވާއިރު ދެވަނަ ބުރުގައި 21.6 މިލިޔަން ރުފިޔާ ވަނީ ހޭދަވެފައެވެ. އެއީރިކަރަންޓް ހަރަދަށް ގޮތުގައި ހޭދަވި 21.5 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ހަރަދަށް ހޭދަވި 61،408 ރުފިޔާ ހިމަނައިގެންނެވެ.

ރިޔާސީ އިންތިހާބަށް ބަޖެޓްކުރެވުނީ ޖުމްލަ 96.4 މިލިއަން ރުފިޔާއެވެ.

އީސީން ނެރުނު ރިޕޯޓުގައި ބުނާގޮތުން ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ފަށައިގަތުމުގައި ކޮމިޝަނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

އަދި ހަމައެހެންމެ މާލީގޮތުން ލިބިފައިވާ މިނިވަންކަން ކުޑަވުމުން ޢާންމު އުޞޫލުން ކަންކަންކުރުމަށް ދަތިތަކެއް ދިމާވެ،
އިންތިޚާބުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ބަޖެޓު ލިބިފައިވީ ނަމަވެސް ޚަރަދުކުރުމުގެ ހުއްދަ
ނުލިބި ގިނަދުވަސް ހޭދަވިކަން ރިޕޯޓުގައި ވަނީ ފާޙަގަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-