-Advertisement-

-Advertisement-

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލް ދަށަށް

ކުރީގެ މާލެސިޓީ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމްމަދު މުއިއްޒު. ފޮޓޯ: މާލެސިޓީ ކައުންސިލް

މާލެ ސިޓީގެ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ދިވެހިންގެ ރާއްޖެ” މެނިފެސްޓޯގެ ވަޢުދެއް ކަމަށްވާ، “އާބަންކޯ އަތުން މުނިސިޕަލް ޚިދުމަތްތައް އަތުލައި” މާލެސިޓީ ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަން މިއަދު އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާލެސިޓީ މޭޔަރުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި އިރުވެސް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއްކަމަކީ މާލެސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނެވުމެވެ. މިގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ހުޅުމާލޭގެ ރަޖިސްޓްރީ ވަނީ މާލެސިޓީ ކައުންސިލް ނަންމައްޗަށް ބަދަލުކޮށްފައެވެ. މިމައްސަލާގައި މާލެސިޓީ ކައުންސިލާއި އާރބަންކޯ (އޭރުގެ އެޗްޑީސީ) ވަނީ ބޮޑު ޤާނޫނީ ކޯޅުމެއްގެ ތެރެއަށް ގޮސްފައެވެ.

ދިވެހިރާއްޖޭގެ ބިމުގެ އަގު އެންމެ ބޮޑު ރަށް ކަމުގައިވާ ހުޅުމާލެ ހިމެނެނީ މާލެ ސިޓީ ކައުންސިލުގެ އިހްތިސާސް ތެރޭގައެވެ. ނަމަވެސް ހުޅުމާލެއަކީ ސަރުކާރު ކުންފުންޏަކާއި ހަވާލުކޮށްފައި އޮންނަ ރަށެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-