-Advertisement-

-Advertisement-

ސައުތްލައިން ބޯޓް ފަރަށް އަރައިފި

ސައުތްލައިން ބޯޓް ފަރަށް އަރާފައިވާ ސަރަޙައްދު-- ފޮޓޯ: ނިއުސްލެބް

އައްޑޫ ސިޓީއާއި މާލެސިޓީއާއި ދެމެދު ދަތުރުކުރާ ބޯޓެއް ކަމަށްވާ “ސައުތްލައިން” ގއ. ނިލަންދޫ ނެރާދިމާލުން ދެކުނު ފަރާތު ފަރަށް އަރައިފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ބޯޓު ފަރަށް އަރައި، ބޯޓުން ތަންގަނޑެއް ފަޅައިގެން ގޮސްފައިވާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވަނީ މިރޭ 8:15 ހާއިރު ކަމަށެވެ.

ގއ. ވިލިނގިލީގެ ޕޮލިސް ލޯންޗް، ޕަންޕެއް ހިފައިގެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮސްފައިވާކަމަށް ފުލުހުންގެ މީޑިއާ ގްރޫޕްގައި ވަނީ ޙިއްސާ ކޮށްފައެވެ. އަދި މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށައި ބޯޓުން ފަޅާއިގެން ގޮސްފައިވާ ތަނުގައި ފިލާޖަހައި ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސައުތްލައިން ބޯޓް އައްޑޫ އިން ފުރައްގެން މާލެއައުމުގެ ދަތުރުމަތީގައި ބަނދަރުކުރާ މަންޒިލްތަކުގެ ތެރެއިން ގއ. ދާންދޫއިން ފުރައިގެން ގއ. ނިލަންދޫ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ހިނގި މިޙާދިސާއާއި ބެހޭގޮތުން ބޯޓްގެ ވެރިއެއް ކަމަށްވާ އަބްދުއްސަމީޢު ނިއުސްލެބަށް މަޢުލޫމާތުދެމުން ވިދާޅުވީ މިޙާދިސާ ހިނގަން މެދުވެރިވީ ވިއްސާރައިގެ ސަބަބުން ނޫން ކަމަށާއި ކަޅުފޮއެކަމުން ކަމުގައެވެ.

“ވިއްސާރަވެ ކަނޑު ގަދަވުން ކަހަލަ ކަމެއް ވެގެނެއްނޫން. އަނދިރި ކަޅުފޮއި ރެއެއް މިރެޔަކީ. އަނދިރިކަމުން ފަރަށް އެރީ” އަބްދުއްސަމީޢު ވިދާޅުވިއެވެ.

“އަދި ނާދޭ ޕޮލިހެއްވެސް، ސިފައިންނެއްވެސް، ކޯސްޓްގާޑުވެސް. ޕޮލިސް ނަން ޖަހާފައިން ލޯންޗެއް އައި. ނިލަންދޫއަށް ފަޅަށް ވަދެފަ އެމީހުން ގޮއްސި. ނިލަންދޫ ކައުންސިލާއި އެރަށު ޒުވާނުން އަދި ދާންދޫ އެކި ފަރާތްތަކުގެ އެހީތެރިކަން އެބަ ލިބޭ.” ފުލުހުންނާއި ސިފައިންގެ އެހީތެރިކަން އަދި ނުލިބޭކަމަށްވެސް ސަމީޢު ވިދާޅުވިއެވެ.

ބޯޓުގައި ހުރި މުދަލާއި އެހެނިހެން އާލަތްތައް ހުރީ ފެނުއަޑީގައި ކަމަށާއި، ބޭނުންނުކުރެވޭ ވަރަށް މުދާތައް ހަލާކުވެފައިވާ ކަމަށްވެސް ސަމީޢު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-