-Advertisement-

-Advertisement-

ޝަހީބު ތަރުޖަމާނުކަމުން ވަކިކޮށްފި

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަހީބު މަޤާމުން ވަކިކޮށްފިއެވެ.

ތަރުޖަމާނުކަމުގެ މަޤާމުގައި 18 ދުވަސް ހޭދަކުރުމަށްފަހު، ޝަހީބު މިހާރު ބަދަލުކޮށްފައިވަނީ ޚާރިޖީ ވުޒާރާއަށެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ޝަހީބު ހިމަނާފައިވަނީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށެވެ.

މުޙައްމަދު ޝަހީބު ތަރުޖަމާނަކަށް އައްޔަން ކުރުމުން ރާއްޖޭގެ ނޫސްތަކާއި މަޖައްލާތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ބްރޮޑްކާސްޓިން ކޮމިޝަނުގެ ރައީސް ކަންވެސް ޝަހީބު ކުރެއްވިއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކާއި ޓީވީޗެނަލްތައް ޖުރުމާނާކުރުމުން އޭރުވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ރާއްޖެ ޓީވީ 3 ފަހަރެއްގެ މަތިން 2018 ގައި ޖުރުމާނާ ކުރިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމަށް އައްޔަން ކުރާނެ ފަރާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-