-Advertisement-

-Advertisement-

‎ފެން ބޮޑުވުމަށް އޮތް ހައްލަކީ މަގުތައް ހަދައި ސްޓޯމްވޯޓާ ނިޒާމު ވަރުގަދަކުރުން: ރައީސް

ފޮޓޯ: ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކޮށް އާންމުންގެ މުދާތައް ސަލާމަތް ކުރެވޭނީ ހުރިހާ މަގުތަކެއް ހަދައި ސްޓޯމްވޯޓާ ނިޒާމު ވަރުގަދަ ކުރެވިގެން ކަމުގައިރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހުއްޓުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ވަރަށް ގިނަ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.

އަދި 100 އަށް ވުރެ ގިނަ ގެތަކަށް ފެން ވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާއިރު ފެން ހިއްކުމަށް އިއްޔެ އިން ފެށިގެން ސިފައިން ދަނީ  މަސައްކަތް ކުރަމުންނެވެ.

ރައީސް ވަނީ ވިއްސާރައިގައި  ގެއްލުން ލިބުނު ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވާފައިއެވެ. އެއަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒުވިދާޅުވީ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސްޓޯމްވޯޓާ ނިޒާމް އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއީ އެކަށީގެންވާ ހައްލެއް ކަމަށްދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުން މިހާރު ނިންމާފައި އޮތީ މާލޭގެ ހުރިހާ މަގުތަކެއް ހަދަން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފަހަރު ފެން ބޮޑުވި އިރުގައި ބައެއް ގޭގެއިން ނަޖިސް ވެސް އަރާފައިވެއެވެ. އަދި އެކަހަލަ ހުރިހާ ގެއަކަށް އެހީތެރިކަންފޯރުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-