-Advertisement-

-Advertisement-

ޖަޕާނަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފި

Breaking News

ޖަޕާނަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް އެގައުމުގެ ހުޅަނގު އައްސޭރީގެ ފުޅާ ސަރަހައްދަކަށް ސުނާމީގެ އިންޒާރު ދީފައިވެ އެވެ.

ޖަޕާނުގެ ކަނޑުގެ އައްސޭރިފަށުން ހޮކައިޑޯއިން ފެށިގެން ނާގަސާކީއާއަށް 3 މީޓަރަށް ސުނާމީ އަރާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

 1 މީޓަރުގެ ރާޅެއް ކުރިންވެސް އެ ސަރަހައްދުގެ އައްސޭރިފަށަށްއަރާފައިވެއެވެ.

ނޯޓޯ ސަރަހައްދަށް ހަތް ބިންހެލުން އައިސްފައިވާއިރު، ހަވީރު 17:00 ޖަހާއިރު މުޅި ޖަޕާނުގައި 11 ބިންހެލުން ރަޖިސްޓްރީކޮށްފައިވެ އެވެ.

ރޭ 4:35 ހާއިރު ޓޮޔާމާ ޕްރިފެކްޗާއަށް 80 ސެންޓިމީޓަރުގެ ރާޅުތަކެއް ފޯރާފައިވާއިރު، ނިއިގަޓާ ޕްރިފެކްޗާގެ ކާޝިވާޒާކީއަށް ވެސް 4:36 ހާއިރު 40 މީޓަރުގެ ރާޅުތަކެއް ފޯރިއެވެ.

ނޮޓޯ ޕެނިންސުލާ ސަރަހައްދަށް ސުނާމީގެ ބޮޑު އިންޒާރަކީ ތިން އިންޒާރުގެ ތެރެއިން އެންމެ މަތީ ފެންވަރުގެ އެލާޓެއް ކަމަށާއި، މިއީ 2011 ވަނަ އަހަރުގެމާޗް މަހު ޓޮހޮކޫ ސަރަހައްދަށް އައި ބިންހެލުމަށް ފަހު ނެރުނު އެލާޓާ އެއްވަރުގެ އިންޒާރެކެވެ.

އެކްސް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އެ ކުންފުނިން ރަސްމީ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނިއުކްލިއާ ޕްލާންޓް އޮޕަރޭޓަރު ޓެޕްކޯއިންބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ފެސިލިޓީތަކަށް އެއްވެސް އަސަރެއް ކޮށްފައިވާތޯ ބަލަމުން ދިޔަ ކަމަށެވެ.

އައު އަހަރުގެ ދުވަހު އައި ބިންހެލުން ޓޯކިޔޯ އާއި ކަންޓޯ ސަރަހައްދުގެ ހުރިހާ ހިސާބަކުން ވެސް ވަނީ އިހުސާސް ކުރެވިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-