-Advertisement-

-Advertisement-

މުފާގެ ސިޓީ “ސައްޚަ” ނަމަ ޓޮމްގެ ކެނޑިޑެންސީ ބާތިލްވާނެ

އެފްއޭއެމްގެ ރައީސްއަކަށް ވާދަކުރައްވަން ނިންމަވާފައިވާ އަހުމަދު ތާރިގު (ޓޮމް). ފޮޓޯ: ނިއުސްލެބް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވާ މުފާވިޒް ހާޝިމް (މުފާ) އަށް ވެލެންސިއާއިން ތާއީދުކުރާކަމަށް ބަޔާންކުރާ ސިޓީއަކީ ސައްޚަ ސިޓީއަކަށް ވެއްޖެނަމަ، އިންތިޚާބުގައި މުފާ އާއި ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ތާރިޤު (ޓޮމް) ގެ ކެނޑިޑެންސީ ބާތިލްވާނެއެވެ.

އެފްއޭއެމްގެ ޤަވާއިދު ބުނާގޮތުން އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އަތުގައި ވެސް މަދުވެގެން، ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބެއްގެ ތާއީދު އޮންނަން ޖެހެއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން އަތުގައިވެސް ވެލެންސިއާގެ ތައީދު އޮތްކަމުގެ ސިޓީ އެބައޮތެވެ. ޓޮމް ވަނީ ވެލެންސިއާ އިން ތާއީދުކުރައްވަނީ އޭނާއަށް ކަމަށާއި މުފާވިޒް އަތުގައި އޮތީ “ސައްޚަ ނޫން” ސިޓީއެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެފްއޭއެމް ހިންގާ ކޮމިޓީއިން ވަރަށް ފަހުން އިސްތިއުފާދެއްވި މުފާ އަށް، ވެލެންސިއާ ނުހިމަނައި 5 ޓީމަކުން ތާއީދުކޮށްފައިވާ ކަމަށް މުފާ ވަނީ ވިދާޅުވެފައެވެ. އަހުމަދު ތާރިގު އަތުގައި އޮތީ ވެލެންސިއާގެ ތާއީދު ސިޓީ ހިމަނައިގެން 3 ޓީމެއްގެ ތާއީދެވެ.

އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީން މިމައްސަލަ ބަލައި، ވެލެންސިއާގެ ތާއީދު އޮތީ މުފާއަށް ކަމަށް ނިންމައިފިނަމަ، އަހުމަދު ތާރިގުގެ ކެނޑިޑެންސީ ބާތިލް ވާނެއެވެ. އެއީ ރައީސްކަމަށް ކުރިމަތިލުމަށް ފުރަތަމަ ޑިވިޝަނުގެ، މަދުވެގެން 3 ޓީމެއްގެ ތާއީދު ބޭނުންވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-