-Advertisement-

-Advertisement-

ޓްރާންޝިޕްމަންޓް އަދި ރީއެކްސްޕޯޓަށް ޚާއްސަ ކުންފުންޏެއް އުފައްދަނީ

ހުރަވީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވާހަކަދައްކަވަނީ– ފޮޓޯ: މުޙައްމަދު ޝާބިން ނިއުސްލެބް

ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޙާއްޞަކޮށް ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މިރޭ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ، ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ގެ ނަމުގައި އުފައްދާ ކުންފުނިން ގްރޭޓާ މާލެ އޭރިއާގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ބިނާކުރުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް، އެ މަޝްރޫއަށް ބޭނުންވާ މަސައްކަތްތައް ފެށުމަކީ ސަރުކާރުން ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދަން ބޭނުންވާ ވަޢުދެކެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-