-Advertisement-

-Advertisement-

‎އާ އަހަރަށް އުރީދޫން އާ އޮފާތަކެއް ‎

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އާ އަހަރުގެ މުނާސަބަތުގައި އުރީދޫން އާ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ތައާރަފްކުރި އޮފާތަކުގެ ތެރޭގައި ހިމެނެނީ: 

  1. 5ޖީ ޑޭޓާ 600ރ. އަށް 30 ދުވަހަށް 54 ޖީބީ 
  2. 750ރ. އަށް 30 ދުވަހަށް 120ޖީބީ
  3.  1100ރ. އަށް 30 ދުވަހަށް 160 ޖީބީ ޑޭޓާ
  4. 25ރ. އަށް 24 ގަޑިއިރަށް 24 ޖީބީ

މި ޕްލޭންއިން އުރީޑޫގެ ހުރިހާ ނަމްބަރުތަކަށް 24 ގަޑިއިރު ވަންދެން ހިލޭ ގުޅޭނެ އެވެ. އަދި އަންލިމިޓަޑްކޮށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެވެ.

އުރީދޫއިން އާ އަހަރަށް އާޗާ ހަ މަހުގެ ޕްލޭން އަކާއި އާޗާ އަހަރީ ޕްލޭނެއް ވެސް ތައާރަފްކޮށްފައި ވެއެވެ. އާޗާ ހަ މަހުގެ ޕްލޭން އަކީ 2024ރ. އަށް ޖުމްލަ720ޖީބީ ލިބޭ ޕްލޭންއެކެވެ. މި ޕްލޭނުން ދުވާލަކަށް 4 ޖީބީ ޑޭޓާ ބޭނުން ކުރެވޭނެ އެވެ. އާޗާ އަހަރީ ޕްލޭން އަކީ 3000ރ. އަށް 365ޖީބީ ޑޭޓާ ލިބޭޕްލޭން އެކެވެ. މި ޕްލޭނުން ދުވާލަކަށް އެއް ޖީބީ ޑޭޓާ ލިބޭނެ އެވެ.

މީގެ އިތުރުން ސުޕަނެޓް ކަސްޓަމަރުންނަށް އުރީދޫން ތައާރަފްކޮށްފައި ވަނީ 400ރ އިން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް 100ޖީބީ ބޯނަސްޑޭޓާ ތިން މަހަށް ބޭނުން ކުރެވޭނެ އޮފާ އެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-