-Advertisement-

-Advertisement-

‎ފިލައިގެން އުޅޭ ބިދޭސީ އަންހެނަކު ހޯދަނީ

ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީ އަންހެނަކު ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯދަމުން އަންނަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 19 އަހަރުގެ މަންޕްރީތް ކޯރް ނަމަކަށް ކިޔާއަންހެނެކެވެ.

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އިމިގްރޭޝަނުން އޭނާ ހޯދުމަށް އިއުލާނު ކޮށްފައިވާއިރު، އިމިގްރޭޝަނުން ވަނީ އެއަންހެން މީހާއަކީ ކުރިއަށް އޮތް ފަސްދުވަސް ތެރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ހާޒިރު ވުމަށް އަންގާފައެވެ.

ހޯދަމުން އަންނަ ބިދޭސީ އަންހެން މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެކަމުގެ މައުލޫމާތު އިމިގްރޭޝަންގެ ނަންބަރު7980408 އަށް ގުޅައި ހިއްސާ ކުރުމަށް ނުވަތަ އިމިގްރޭޝަނަށް މެއިލް ކުރުމަށް ވެސް އެފަރާތުންވަނީ އިލްތިމާސް ކޮށްފައެވެ. މައުލޫމާތު މެއިލް ކުރުމަށްއިމިގްރޭޝަނުން އެދިފައިވަނީ monitoring@immigration.gov.mv އަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-