-Advertisement-

-Advertisement-

ވައުދު ވެފައިވާގޮތަށް ގޯތި/ފްލެޓް ހަވާލް ކުރުން ކުރިއަށްދާނެ: ރައީސް

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓް ކުރެވިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓް ހަވާލު ކުރުމަކީ ވައުދު ވެފައިވާގޮތަށް ކުރިއަށްދާނެ ކަމެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

މިހަފްތާއާއި މިއަންނަ ހަފްތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއިން ކުރިއަށް ގެންދާނެކަމަށް އެމަނިކުފާނުގެއެކްސް ޕޯސްޓްގައި ވިދާޅުވިއެވެ.

ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަން ތަން ކަމުން ، އެ ތަން ތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަން ވެސް ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން ގުޅީ ފަޅާއި ގިރާވަރުފަޅުން  އިތުރު ބިން ހިއްކުމަށްވެސް ތައްޔާރު ވަމުންދާ ވާހަކަވެސް އެމަނިކުފާނު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-