-Advertisement-

-Advertisement-

އެމްއައިބީއަށް 4 މިލިއަން ރުފިޔާ ދައްކަން އާޒިމާގެ މައްޗަށް ހުކުމްކޮށްފި

އާޒިމާ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަނީ. ފޮޓޯ: އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކުން ހަތަރު މިލިއަން ރުފިޔާގެ ލޯނެއް ނަގައި، އެ ލޯނު ގަވާއިދުން ދައްކަމުން ނުދާތީ ކުރީގެ ބަންޑާރަ ނައިބު އާޒިމާޝަކޫރުގެ މައްޗަށް އެ ލޯނު ދައްކަން ހުޅުމާލެ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެގޮތުން ހުކުމްގައިވަނީ އާޒިމާގެ ނަމުގައި ހުޅުމާލޭގައި ހުރި ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓެއް އެމްއައިބީއަށް ރަހުނުކޮށްފައި އޮތްކަންހާމަވާކަމަށާއި، އެއަށްފަހު 3،186،369.23 ގެ ލޯނެއް ދޫކޮށްފައި އޮތްކަން ހާމަވާކަމަށެވެ.

ކޯޓުން ހުކުމްކޮށްފައިވަނީ މިއަދުގެ ނިޔަލަށް އަރައިފައިވާ ފައިސާއާއި ޗެރިޓީގެ ގޮތިުގައި ދައްކަންޖެހޭ ޖުމްލަ ހަތަރު މިލިއަން އެއްލައްކަ ފަންސާސް ހާސްތިންސަތޭކަ ފަންސާސް ރުފިޔާ ތިރީސް ދެލާރިީގެ (4،156،355.32) އިތުރުން، މަހުން މަހަށް އަރައި މަހު ކުއްޔާއި، ޗެރިޓީ ފައިސާ، މިއަދުންފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހަށް ބަހައި، އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

އާޒިމާގެ މައްޗަށް ހަތަރު މިލިއަން ރުފިޔާގެ ދަރަންޏެއް ދައްކަން ހުކުމް ކޮށްފައިވާއިރު އޭނާ އަންނަނީ މި މަހު 13ގައި އޮންނަ މާލޭ މޭޔަރުގެއިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ. އަދި މި ހުކުމްގެ ސަބަބުން އޭނާގެ ކެންޑިޑެސީއަށް އަސަރެއް ނުކުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-