-Advertisement-

-Advertisement-

އައިލެންޑް އޭވިއޭޝަނުން ޖެނިފާ ވަކިކޮށްފި

މޯލްޑިވިއަންގެ ކުރީގެ ޑީއެމްޑީ ޖެނިފާ – ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އައިޝަތް ޖެނިފާ އެމަޤާމުން ވަކޮކޮށްފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނީގައި މަސައްކަތްކުރާތާ 25 އަހަރު ވެފައިވާ ޖެނިފާ މަޤާމުން ވަކިކުރީ ވަކި މައްސަލައެއް ޖެހިގެން ނޫންކަމަށާއި ކުންފުނީގެ ބޯޑަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން ކަމުގައި ޖެނިފާ ވަނީ ވިދާޅުވެފައެވެ.

2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ޑީއެމްޑީގެ މަޤާމް ހަވާލުކުރެވުނު ޖެނިފާ ވަނީ 2016 ގައި ކުންފުނީގެ ކާގޯ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް މަޤާމުން ވަކި ކޮށްފައެވެ.

ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި މަޤާމުން ވަކިކުރުމުން ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅައިގެން އޭރު ހުރި މަޤާމް “މޯލްޑިވިއަން ކާގޯ ޑެޕިއުޓީ ހެޑް” އަލުން ޖެނިފާއަށް ދިނުމަށް ޓްރައިބިއުނަލް އިން ވަނީ އަމުރުކޮށްފައެވެ.

މަޤާމުން ވަކިކުރި މައްސަލަ ޓްރައިބިއުނަލްއަށް ލާނެކަމުގެ އިޝާރާތެއް އަދި ޖެނިފާ ކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-