-Advertisement-

-Advertisement-

އިންޑިއާ ސިފައިން ފޮނުވާލުމަކީ ފަސޭހަކަމެއް ނޫން: ސަރުކާރު

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އެކަން ކުރިންވެސް އެނގޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބުނެފިއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ބޮޑު އަހައްމިއްޔަތެއް ދީގެން ސަރުކާރުން ކުރަމުންދާކަމަށާއި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.

ޑިޕްލޮމެޓިކް އުސޫލުތަކާއި ހަމަތަކާއި ދުނިޔޭގެ ރީތި ތަހުޒީބު ނިޔާ ކުރާ އަދި ގާނޫނީ އިމުގެ ތެރެއިން އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މިގޮތުން ސަރުކާރުގެ އެކި ފަންތިތަކުގައި 10 ބައްދަލުވުމެއް ބޭއްވި، އެކަމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

89 ކަމުގައި ބުނަމުން އައި ސިފައިންގެ އަދަދަކީ 88 ކަމުގައި ނާޒިމް ވަނީ މިއަދު ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-