-Advertisement-

-Advertisement-

ޓެކްސީ ޚިދުމަތް އަޕްގްރޭޑް ކުރުމަށް ސަރުކާރުން ވިސްނަނީ

މާލެސިޓީ މަގުމަތީގައި ޓެކްސީތައް ދުއްވަނީ – ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޓެކްސީ ކުރުމުގެ ޚިދުމަތް ކުރިއަރުވައި ޓެކްސީ ޑްރައިވަރުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަށަވަރުވާނެ ފަދަ ނިޒާމެއް އެކުލަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ރައީސް އޮފީހުގެ ޕްރިންސިޕްލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް ސަރުކާރުން އެކުލަވާލައްވާނެ ކަމަށެވެ. އަދި މީގެ އިތުރުން ދާއިރާއަށް ގެންނަން ވިސްނަވާފައިވާ ބަދަލުތައް ނާޒިމް ޙިއްސާ ކުރެއްވިއެވެ. މިގޮތުން ޑިޖިޓަލް ޕޭމަންޓް ނިޒާމެއް ޤާއިމް ކުރެއްވުމާއި ބެންކުތައް މެދުވެރިކޮށް ފަސޭހައިން މިކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ނަގުދު ފައިސާގެ މުޢާމަލާތްތައް ރިކޯޑް ކުރެވޭނެ ގޮތެއް މިނިޒާމުގައި ހިމެނުއްވުމަށް ނިންމަވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ދިގުރާސްތާ ޕްލޭނެއްގެ ދަށުން ޓެކްސީ ޚިދުމަތަށް ކުރިއެރުން ގެނެސްދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން ހިންގާ ހައުސިންގ ސްކީމުގައި ބައިވެރިވެވޭ އުސޫލެއް އުފައްދަވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ ދުނިޔޭގެ އެކި ތަހުޒީބު މުޖުތަމަޢުގައި ދިރިއުޅުއްވާފައިވާ ބޭފުޅުންނަށް ވުމުން އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި ރައީސްއަށް މިކަމުގައި މަޝްވަރާ ދެއްވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-