-Advertisement-

-Advertisement-

ހިސާން މަޖިލީސް އިންތިހާބްގައި ވާދަ ނުކުރައްވަން ނިންމަވައިފި

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން- ފޮޓޯ: މަޖިލީސް އިދާރާ

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން 2024 އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިހާބުގައި ކުރިމަތި ނުލާންނިންމަވައިފިއެވެ.
ހިސާން މިކަން އިއުލާން ކުރެއްވީ އެބޭފުޅާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެޕޯސްޓް ފަށަމުން އައު އަހަރެއްގެ ހެޔޮ އެދުންތަށްއެންމެހައި ބޭފުޅުންނަށް އަރިސްކޮށްފައިވެއެވެ.

އެޕޯސްޓްގައި އެބޭފުޅާވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން  ދެއްވި ފުރުސަތަށް ދާއިރާގެ އެންމެހައި ބޭފުޅުނަށް ހިތުގެ އެންމެ ފުންމިނުންޝުކުރުއަދާކުރައްވާފައި އެވެ.

އަދި އެ  މަސައްކަތުގެ އެހީތެރިވެދެއްވި އެބޭފުޅާގެ  އާއިލާއާއި، ޓީމް މެންބަރުންނާއި  އެންމެހައި ބޭފުޅުންނަށް އިހްލާސްތެރިޝުކުރެއް އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން އެބޭފުޅާވަނީ ކުރިއްޔަށް އޮތްތަނުގައިވެސް އެމް.ޑީ.ޕީ.އާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-