މާލެ އާއި ވިލިމާލެ އާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.
ސީ–އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި ލޯންޗު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރަމްޒީ ތަޅުދަނޑި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާއި ހަވާލު ކުރައްވާފައިއެވެ.
މިކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ސީއެމްބިއުލާންސް ބޭއްވުމަށް ނިންމާފައިވަނީ ވިލިމާލޭގެ ބަނދަރުގައިކަމަށެވެ.
އަދި ސީ އެމްބިއުލާންސް ބަލަހައްޓަމުން ގެންދާނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް ހޮސްޕިޓަލް ގުޅިގެން ކަމަށެވެ.