-Advertisement-

-Advertisement-

ޕްރެސިޑެންޓަލް ޔޫތް އެޑްވައިޒަރސް ބޯޑަށް މެންބަރުން ހޯދަނީ

ރައީސްލްޖުމްހޫރިއްޔާ އެކުލަވާލައްވާ “ޕްރެސިޑެންޝަލް ޔޫތް އެޑްވައިޒަރސް” ބޯޑަށް މެންބަރުން ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިއުލާން ކޮށްފިއެވެ.

ދިވެހި ޤައުމު ބިނާކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާއި ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް އެކުލަވާލާ މިބޯޑަށް 4 މެންބަރަކު ހޯދުމަށް އިޢުލާނުގައި ވެއެވެ.

މިގޮތުން ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން ދެ ޖިންސުން 2 މެންބަރަކާއި، ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ ފަދަ ތަންތަން ތަމްސީލްކުރާ 2 ޖިންސުގެ 2 މެންބަރުން 08 ޖެނުއަރީގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށް މިނިސްޓްރީގެ އިޢުލާނުގައި ވަނީ އެދިފައެވެ.

ޕްރެސިޑެންޝަލް ޔޫތް އެޑްވައިޒަރސް ބޯޑު މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 (އަށާރަ) އަހަރާއި 30 (ތިރީސް) އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުމާއި، ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ޤާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުމުގެ އިތުރުން ވޭތުވެ ދިޔަ 5 (ފަސް) އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-